ބ.އަތޮޅުގެ ތިންރަށަކަށް ހޯމް މިނިސްޓްރީގެ އެހީ

IMG_3758-755x435.jpg

ބ. ތުޅާދޫއާއި މާޅޮހާއި ދަރަވަންދޫއަށް ހޯމް މިނިސްޓްރީ އިން މިއަދު ފައިސާގެ އެހީ ވެދެއްވައިފިއެވެ.

މި ތިން ރަށަށް ފައިސާގެ މި އެހީ ލިބުނީ ރަށްރަށުގައި އިޖްތިމާޢީ ގޮތުން ހިންގާ ކުދިކުދި މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހޯމް މިނިސްޓްރީން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފައިގެން ޕްރޮޕޯސަލް ހުށަހެޅި 51 ރަށުގެ ތެރެއިން އެންމެ މަތީމާކްސް ލިބުނު 14 ރަށުގެ ތެރޭގައި ހިމެނިގެންނެވެ. ބ.އަތޮޅުގެ މި ތިންރަށާއެކު ޖުމްލަ 14 ރަށަށް ހޯމްމިނިސްޓްރީން މިއަދުވަނީ ތިން މިލިއަން ރުފިޔާ ދީފައެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްތަކާއި ފައިސާގެ ލިޔުން ޙަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަޙްމަދެވެ.

މި ފައިސާއިން ރަށްރަށުގައި ކުރުމަށް ހަމަޖެހިފައިވަނީ، މަގުބައްތި ޖެހުމާއި، ނެރުބައްތި ޖެހުމާއި، ބަނދަރު ބައްތިޖެހުމާއި އަދި ގަބުރުސްތާނުގެވަށާފާރު ރޭނުމުގެ މަސައްކަތް ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top