އިންތިޚާބަކާ ނުލާ އޭދަފުށީ ކައުންސިލްގެ އަންހެން ދެގޮނޑި ޕީއެންސީ އަށް. ހުރިހާ ޝުކުރެއް އެމްޕީ ސަލީމަށް

jkjhh.jpg

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އޭދަފުށީ ކައުންސިލަށް އިންތިޚާބު ކުރަން ޖެހޭ ފަސް މެންބަރުންގެ ތެރެއިން އަންހެން ދެ މެންބަރުންގެ ގޮޑި، ޕީއެންސީން ކަށަވަރު ކުރައްވައިފި އެވެ.

ޕީއެންސީގެ ފަރާތުން މި ދެގޮނޑިއަށް ކުރިމަތިލެއްވީ ޒީމާ އިބްރާހީމް އާއި ނާޒްނީން ޔޫސުފެވެ. ޒީމާ ހުންނެވީ މިހިނގާ ދައުރުގެ އަންހެނުންގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ގެ މަގާމުގައެވެ. ނާޒްނީން ހުންނެވީ އޭދަފުށި ކައުންސިލުގެ މެންބަރެއްގެ މަގާމުގައެވެ. މި ދެގޮނޑި ކަށަވަރު ކޮށްފައިވަނީ އެ ދެމީހުން ނޫން އިތުރު ކެންޑިޑޭޓެއް މި އިންތިޚާބަށް ވާދަ ނުކުރައްވާތީ އެވެ. ދެކަނބަލުންގެ މި ކާމިޔާބީ އާއި ގުޅިގެން ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމު ވަނީ އީވީ މެދުވެރިކޮށް އެދެކަނބަލުންނަށް މަރުހަބާ ދަންނަވާފައެވެ.

”މަރުޙަބާ އޭދަފުށީ ކައުންސިލުގެ އިންތިޚާބީ ދެކަނބަލުން. ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ތިޔަ ދެކަނބަލުން އޭދަފުށީ ރައްޔިތުންނަށް ތަރައްޤީގެ މުޅިން އާ ޒަމާނެއް ގެނެސްދޭނެ ކަމާމެދަކު އަކުގަނޑު ޝައްކެއް ނުކުރަން. ކުރިއަށް ވަޑައިގަންނަވާ!“ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވާދަވެރި އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ އެހެން ބައެއް ރަށްރަށުގެ ކައުންސިލް ރައީސްކަމުގެ ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންގެ ގޮނޑިވެސް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވޯޓަކާ ނުލައި ވަނީ ކަށަވަރު ވެފައެވެ.

މި ކެންޑިޑޭޓުންނަށް ގޮނޑި ކަށަވަރުވެފައި ވީނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިކަން އަދި ރަސްމީކޮށް އިއުލާނު ނުކުރެ އެވެ. އާންމު އުސޫލުން މިފަދަ ހާލަތްތަކުގައި ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއުލާނު ކުރުމަށްފަހު، އެ ފަރާތްތައް އިންތިޚާބުވިކަން ކޮމިޝަނުން ފަހުން އިއުލާނު ކުރައްވައެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ އިއްޔެގެ ނިޔަލަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top