ދުނިޔޭގައި މިވަގުތު ހުރި އެންމެ ބޮޑު މޫދު ކޮޓަރިތައް ނުވަތަ ވޯޓަ ވިލާ ބ. ކުންފުނަދޫގައި ހިންގާ ސޮނޭވާފުށި ރިސޯޓުގައި މިއަދު ހުޅުވައިފިއެވެ.
ސީއެންއެން އިން ބުނީ އެއް ބެޑްރޫމް ވިލާގެ މޫދު ކޮޓަރިއެއްގައި 6286 އަކަފޫޓު ހުންނަ ކަމަށާ ދެ ބެޑްރޫމް ވިލާއެއްގައި 9،224 އަކަފޫޓު ހުންނަ ކަމަށެވެ.
ސީއެންއެން އިން އިތުރަށް ބުނީ މޫދު ކޮޓަރިތަކުގެ ތަޅުންމަތީގައި ބިއްލޫރި ޖަހާފައިވާ އިރު، އެ ތަނުން މަސް މަހާއި މުރަކަ ފަދަ ތަކެތި ފެންނާނެ ކަމަށެވެ. އަދި ޕްރައިވެޓް އައުޓްޑޯ ބާތު ޓަބާއި ޕްރައިވެޓް ޕޫލާއި ހިތްގައިމު އެތައް ތަނެއްގެ އިތުރުން ވޯޓަ ސްލައިޑެއް ވެސް އެ ތަނުގައި ހުރެއެވެ.
މި މޫދު ކޮޓަރިތަކުގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް މިހާރުވަނީ އެފުރުސަތު ހުޅުވާލައިފައެވެ.