ކައުންސިލަރ ޒައިދު ޗައިނާ އަށް

ޗައިނީސް އެކަޑަމީ އޮފް ގަވަނަސް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެމިނާއެއްގައި ބައިވެރިވުމަށް އޭދަފުށީ ކައުންސިލުގެ މެންބަރު ޒައިދު އަލީ ރޭ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

”ސެމިނާ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވަންޓްސް އޮފް މޯލްޑިވްސް” ގެ ނަމުގައި ބާއްވާ މި ސެމިނާގައި ޒައިދު އާއެކު ރަށްރަށުގެ ކައުންސިލުތަކުން ހޮވާލެވުނު 10 ބޭފުޅުންގެ އިތުުރުން އެލްޖީއޭ އާއި އެކި މިނިސްޓްރީތަކުން 10 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ޖުލައި 5 އިން 17 ގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްގެންދާ މި ސެމިނާގައި ޗައިނާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، ޗައިނާއަށް ތަރައްގީ ގެނެވުނު ގޮތާއި ބައިވެރިން އަދި ޗައިނާގައި ކާމިޔާބު ކަމާއެކު ހިނގާ އިޤްތިސާދީ، އިޖްތިމާއީ، އަދި ސިޔާސީ ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާތުދޭނެ އެވެ.

މީގެ އިތުރުން މި ދަތުރުގައި، ޗައިނާގެ މަޝްހޫރު ބައެއް ތަންތަނަށް ޒިޔާރަތްކޮށް ޗައިނާގެ ތަރައްޤީގެ ކަންކަން ބަލާލުމުގެ ފުރުސަތުދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top