ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބައިރުފިޔާއަށް ކުޑަކުރަން ހުށައަޅައިިފި

big_QD9MI1YdD1BLvOLqfSEEMmMeV.jpg

ފޮޓޯ:މަޖިލިސް

ޕްލާސްޓިކް ކޮތަޅަކުން މިހާރު ނަގަމުން އަންނަ ދެރުފިޔާގެ ފީ ބައިރުފިޔާ އަށް ކުޑަކުރަން  މަޖީލީހަށް މިއަދު ހުށައަޅައިފި އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅުބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

އެކަމުގެ ބުރަ އާންމުންނަށް ބޮޑުވެ، ގާނޫނު އިސްލާހުކުރަން މިދިޔަ މެއި މަހު ހުށަހެޅިޔަސް، މަޖިލީހުގައި ހިނގި ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި މަސައްކަތްތައް ހުއްޓި، އެ ބިލު ވެސް އޮތީ ތާށިވެފަ އެވެ.

ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ނިންމުމާއެކު ބައެއް މައްސަލަތައް އުފެދިގެން ގޮސްފައިވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.

“އޭގެ މާނައަކީ ދެ ރުފިޔާ ތައާރަފް ކުރި ކަމުގައި ވިޔަސް ބައެއް ފަހަރު ދެ ރުފިޔާއިން ހަތަރު ރުފިޔާއަށް ހަ ރުފިޔާ އަދި އަށް ރުފިޔާއަށް ވެސް ޗާޖު ކުރަމުން ދިޔަ ދިޔުން. މިއީ ހަގީގީ މައްސަލައަކަށް ވެގެން ދިޔަ ކަމަކީ. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ޕްލާސްޓިކް ކޮތަޅަށް ފީއެެއް ތައާރަފް ކުރުމުގެ ބޭނުމަކީ ވެސް ކޮތަޅަށް އަގެއް ނަގަން ފެށުން. ކުރިން އަޅުގަނޑުމެންނަށް ގަބޫލު ކުރެވިފައި އޮތީ މުޅިން ހިލޭ ދޭ އެއްޗެއްގެ ގޮތުގައި. އެހެންވީމާ ކުއްލިއަކަށް ޓެކްސްއެއް ތައާރަފްކުރީމަ އެއަށް އަގެއް ނަގަން ފެށީ. އެއާއެކު ކަސްޓަމަރުންގެ ހިތްހަމަ ނުޖެހުން މިއަށް އައީ” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޓެކްސްގެ ބޭނުމަކީ އަގެއް ނަގައިގެން ޕްލާސްޓިކް ކޮތަޅާ ދުރުހެލި ކޮށް ޕްލާސްޓިކް ނޫން ގޮތެއް ހިޔާރުކުރަން ފުރުސަތު ދިނުން ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ތައާރަފްކުރީ ތަކެތީގެ އަގު މައްޗަށް ދިޔަ ދުވަސް ވަރު ކަމަށާއި އެހެންވެ އޭގެ ބުރަ އާންމު ރައްޔިތުންނަށް އުފުލަން ޖެހުނު ކަމަށެވެ.

“ފުރަތަމަ ކަމަކަށް އަޅުގަނޑު މި ހުށަހަޅަނީ ގަނޑުކޮށް ކޮތަޅު ގަތަސް ބިން ލައިނާ ފަދަ ބޭނުންތަކަށް ގަނޑުކުރި މަސް ނުވަތަ ރޯ މަސް ފަދަ ތަކެތި އެޅުމަށް ނޫނީ އިސްތިސްނާވާ ގޮތަށް ހަދަން]” ސަލީމް ވިދާޅުވިއެވެ.

ހަމަ އެހެންމެ ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކޮށް ފުރަތަމަ ފަހަރު ކޮޓަލަކަށް 50 ލާރިނަގާ ގޮތަށް ހަދަން އޭނާ ހުށަހެޅުއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top