އޭޑީކޭއިން ދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރަނީ

Corp-Feature-Photo-2021-07-25T174831.907.png

އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފި އެވެ.

މި ކަމާގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާއެކު އިންފްލޭޝަން ރޭޓު މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ހިންގުމުގެ ޚަރަދުތައް ވެސް އެތައް ގުނައަކުން ބޮޑުވެެފައިވާ ކަމަށާއި އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކުގެ އަގުތައް މި މަހުގެ 15 އިން ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭޑީކޭ އިން ބުނީ ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެންނާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.

އޭޑީކޭއިން ޚިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާއިރު، 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ދަށަށް ދިއުމާއެކު އާންމުކޮށް ބޭނުންކުރާ ގިނަ ތަކެތީގެ އަގުވެސް ވަނީ އުފުލިފައެވެ. އަދި އަންނަ އަހަރުން ފެށިގެން ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިއާއެކު ތަކެތީގެ އަގު އިތުރަށް އުފުލޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top