އީމާ މި ހެދުމުގައި ނުކުމެފައިވަނީ މި މުބާރާތުގެ ނޭޝަނަލް ކޮސްޓިއުމް އަދި ޑާންސަސް އޮފް ދަ ވޯލްޑް ސެގްމެންޓުގައެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ރީތީގެ މުބާރާތުގެ ސްޓޭޖުގައި ރާއްޖޭގެ ސަގާފަތް ވަރަށް ފުރިހަމައަށް ދައްކުވައިދިން ކަމެކެވެ.
ހެދުމުގެ އިތުރުން އީމާ ވަނީ މި މުބާރާތުގައި ދިވެހި ސަގާފީ ނެށުމެއް ވެސް ހުށަހަޅައިދީފައެވެ. މި ނެށުން ހުށަހަޅައިދިން އިރު އޭނާގެ އަތުގައި ބަތްޕޮޅިއެއް އޮތްކަން ފާހަގަކުރެވޭއިރު ބަތްޕޮޅިއަކީ ދިވެހިންގެ ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ރަމްޒުކޮށްދޭ ގެވެހި ކަންވާރެކެވެ.
އީމާގެ މި ހުށަހެޅުމާއެކު ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހިން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. އަމިއްލަ ގައުމުގެ ސަގާފަތާއި އާދަކާދަ ބޭރު ދުނިޔެއަށް މިހާ ފުރިހަމައަށް ދައްކާލުމުން، ގިނަ ބަޔަކު ވަނީ އެކަމާ ފަހުރުވެރިވާކަން ހާމަކޮށްފައެވެ.
މިސް ވޯލްޑް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރުމަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި ގައުމުގެ ނަން ބޭރު ދުނިޔޭގައި ވިދާލުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. މި މުބާރާތުގައި އީމާ ދައްކަމުން އަންނަ ހުނަރާއި ސަގާފީ ދައްކާލުންތަކުގެ ސަބަބުން ރާއްޖެއަށް އިތުރު ރީތި ނަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




