އަމިއްލަ ގަލަމުން ވެސް ވޯޓު ކަރުދާހުގައި ފާހަގަލެވޭނެ

203120_3_c96428e45515ab999652bd827e6b5554796970fd_medium.jpg

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާއި އެކޮމިޝަން ގެ މެންބަރު އަކުރަމް، މިއަދު އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި- ފޮޓޯ : ހުސެން ވަހީދު/މިހާރު

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ވޯޓުލާ މަރުކަޒަށް ވަންނަ އިރު އަމިއްލަ ގަލަން ވެއްދޭނެ ކަމަށާ ބޭނުންނަމަ އެ ގަލަމުން ފާހަގަ ލެވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕޯލިން ސްޓޭޝަނުގައި ބާއްވާ ގަލަމަކީ އެއްވެސް ކަހަލަ ޝައްކެއް އުފެދޭނެ ގަލަމެއް ނޫން ކަމަށެވެ. ނަމަވެސް ޕޯލިން ސްޓޭޝަންގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ ގަލަން ބަޔަކު ބަދަލުކޮށްފާނެ ކަމަށް ޝައްކުވާނަމަ އަމިއްލަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަކީ މައްސަލަ އެއް ނޫން ކަމަށެވެ.

“އެއްވެސް އިރެއްގައި ގަލަން ވެއްދުމަކީ މަނާކަމެއް ނޫން. އަދި އަޅުގަނޑުމެން ބޮޑަށް ހިތްވަރުވެސް ދެން ވޯޓުލާ ފަރާތްތައް އަމިއްލަ ގަލަމުން ފާހަގަ ޖަހަން.” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އަމިއްލަ ގަލަމުން ފާހަގަ ޖަހަން ހިތްވަރު ދެއްވި ނަމަވެސް، އަމިއްލައަށް ގެންނަ ގަލަން ވޯޓުލާ ބޫތުގައި ބާއްވާފައި ނުދެވޭނެ ކަމަށާ އެގޮތަށް ކަންތައް ކުރޭތޯ އިލެކްޝަންސް ގެ އޮފިޝަލުން ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އިންތިޚާބުގެ ސައްހަކަން ނަގާލުމަށް ބައެއް ފަރާތްތަކުން މިހާރުވެސް އެބަ މަސައްކަތް ކުރާ ކަމަށާ އަމަލީގޮތުން އެފަދަ ކަމެއް ވޯޓުލާ މަރުކަޒެއްގައި ނުވަތަ ވޯޓުލާ ސަރަހައްދު ތެރޭގައި ކޮށްފިނަމަ ވަގުތުން އެކަމާ ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top