ދެވަނަ ދަރިފުޅު ޒައިން އާއެކު ޝާހިދުއާއި މީރާ ، ހޮސްޕިޓަލުން ގެއަށް

shahid-kapoor.jpg

ޝާހިދު އާއި މީރާ ،ދޮށި ދަރިފުޅު މިޝާ އާއެކު

ޝާހިދު ކަޕޫރާއި މީރާ ރާޖްޕުތުގެ ދެވަނަ ދަރިފުޅު ޒައިން ކަޕޫރު ފުރިހަމަ ސިއްހަތާ އެކު ހޮސްޕިޓަލުން ގެއަށް ހިނގައްޖެއެވެ. ތުއްތު ޒައިން އަށް ގެއިން މަރުހަބާ ކިޔާފައިވަނީ އެދެމަފިރިންގެ ދެ އަހަރުގެ ދަރިފުޅު މިޝާ ކަޕޫރު އާއި ޝާހިދުގެ ބައްޕަ ޕަންކަޖް އާއި ދޮންމަންމަ ސުޕްރިއާ އަދި ކޮއްކޮ ސަނާ އެވެ.

ޝާހިދު އަށް ދެވަނަ ދަރިއަކު ލިބުމުގެ އުފާ ޓުވިޓަރ މެދުވެރިކޮށް އޭނާގެ ފޭނުންނަށް ވަނީ ހިއްސާ ކޮށްފައެވެ. ޓުވިޓަރ ގައި ބުނެފައިވަނީ ފިރިހެން ދަރިފުޅު ޒައިން ގެއަށް އައުމާއެކު ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަ ވެއްޖެެ ކަމަށާ ދެވަނަ ދަރިއަކު ލިބުމުން ހެޔޮއެދުންތަކާ ތަހުނިޔާ ފޮނުވި ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރާ ކަމުގައެވެ.

ޒައިން ދުނިޔޭގެ އަލިކަން ދެކެފައިވަނީ ސެޕްޓެމްބަރ 5 ގައި މުންބާއީގެ ހިންދޫޖާ ހޮސްޕިޓަލްގައެވެ. މީރާ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ބުދަ ދުވަހު ހަވީރު އެވެ. އިއްތިފާގުން އެދުވަހަކީ ދޮށި ދަރިފުޅު މީޝާގެ އުފަން ދުވަސް ވެސް މެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top