އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އޮޅުވާލައިގެން 5 މިލިއަން ރުފިޔާ

މިރަ222.jpg

އިންކަމް ސަޕޯޓް އެލަވެންސް ގެ ގޮތުގައި އޮޅުވާލައިގެންސައްހަ ނޫން ލިޔެކިޔުން ހުށައަޅައިގެން 5 މިލިޔަނށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އޮޅުވާލައިގެން ހޯދާފައިވާ ފައިސާގެ އަދަދު 4.97 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 213,884 ރުފިޔާއެެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް އަލުން ބަލައި, އެލަވަންސަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެ އެލަވަންސް ދެވިފައިވާ ނަމަ އެ މީހުންގެ އަތުން އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް އޮޑިޓާ ޖެނެރަލް އޮފީހުން އިކޮނޮމިކް މިނިސްޓްރީއަށް މިދިޔަ މަހު ވަނީ އަންގާފައެވެ.

ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލި, ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭ އިންކަމް ސަޕޯޓް, ތައާރަފް ކުރެވިފައި ވަނީ އާމްދަނީއަށް ނޭދެވޭ އަސަރު ކޮށްފައިވާ މުވައްޒަފުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޭން ފަށާއފައިވަނީ މިދިޔަ އަހަރު އެޕްރީލް މަހުން ފެށިގެންނެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top