އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭނެ

IMG_20210928_192847_352-850x548-1.jpg

މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ ގޮތް ހަދައިފިއެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އޭވިއޭޝަން ސެކިއުރިޓީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރާ ލިޔުންތައް ހޯދުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ

މި ސާކިއުލާގައި އިތުރަށް ބުނެފައިވަނީ އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރެވޭ ލިޔެކިޔުން ހޯދުމުގައި މެދުވެރިވާ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މުއްދަތު ހަމަވެފައިވީ ނަމަވެސް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭނެ ލިޔުންތަކުގެ ތެރޭގައި ޕާސްޕޯޓް، އައިޑީކާޑު، ވޯކް ވިސާ ކާޑު، ލައިސަންސް ކާޑު، އެއާޕޯޓު ސެކިޔުރިޓީ ފާސް، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް ބޭނުން ކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޑިފެންސް މިިނިސްޓްރީން އެހެން ގޮތެއް އަންގަންދެން މިގޮތަށް އަމަލު ކުރުމަށް އެ ސާކިއުލާގައި އެދިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top