ބ.އަތޮޅު ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތު ބައްދަލުވުން ފަށައިފި

242626505_1107672936298996_8760176787482724670_n.jpg

”ބ.އަތޮޅު ވިޝްން 2030“ ގެ ނަމުގައި ކުރިއަށް އޮތް ދިހަ އަހަރަށް އަމާޒުކޮށް ބ.އަތޮޅު ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތު ބައްދަލުވުން މިއަދު އޭދަފުށީގައި ފަށައިފިއެވެ.

މި ބައްދަލުވުމުގައި އަތޮޅުގައި ހިމެނޭ 13 ރަށުގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ހިމެނޭ ގޮތަށް އެލްޖީއޭ އާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ.

މި ބައްދަލުވުމުގައި އެލްޖީއޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތުމަތު އަފްޝަން ލަތީފް ވަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

އެގޮތުން ފުރަތަމަ ތަރައްގީވާން ޖެހެނީ އިންސާނާ ކަމަށާ އިންސާނާ ތަރައްގީނުވެ ގެނެވޭނެ ތަރައްގީއެއް ނޯންނާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ތިން ދުވަހަށް ދެމިގެންދާ ޕްލޭން އެކުލަވާލުގެ މި ބައްދަލުވުން ބ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދަނީ ކޮޑި ޖަމިއްޔާ އާއި ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top