މާދަމާއިން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން މަނާވާނެ!

quit-smoking-for-good.jpg

މާދަމާ ނުވަތަ މި ހިނގާ މެއިމަހުގެ 31ވަނަ ދުވަހުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމަށް ނިންމައިފިއެވެ.

މި އުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާއި ބެހޭ ގަވާއިދުގެ ދަށުންނެވެ. މި އެންގުންވަނީ  ކުރިންވެސް އާންމުކޮށް އަންގާފައެވެ.މި ގަވާއިދުގައި ވ|ާގޮތުން ވަކިވަކިން ސިނގިރޭޓާއި ބިިޑި ވިއްކުމަކީ މަނާކަމެކެވެ.އެގޮތުން ސިނގިރޭޓު ފޮއްޓެއްގައި މަދުވެގެން ވިހި ސިނގިރޭޓު ހުންނަންޖެހޭ އިރު، ބިޑި ބޮނޑިއެއްގައި ފަންސާސް ބިޑި ހުންނަން ވާނެއެވެ.

މި ގަވާއިދުގެ ދަށުން ދުންފަތް ފޮށިތަކުގެ ބޭރުގައި ހުންނަ އިންޒާރުގެ މެެެސެޖް ވަރުގަދަ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top