ކޮވިޑްގެ ހާލަތު ބެލުމަށް ކޮންމެ އަތޮޅަކަށް މަންދޫބެއް

WhatsApp-Image-2021-03-10-at-16.30.25.jpeg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ހަލުވިކަމާއެކު ރާއްޖޭގައިވެސް ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބަލައި އިތުރަށް ރަނގަޅު ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ ހާއްސަ މަންދޫބަކު އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ފަރާތުން ކަނޑައަޅުއްވާ އިސް ފަރާތްތަކުގެ ގޮތުގައި މި ބޭފުޅުން ރައީސް ސޯލިހު ކަނޑައެޅުއްވީ، ކޮވިޑުގެ ހާލަތު ގާތުން މޮނިޓާ ކޮށް ހަރުދަނާ ކުރަން ޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ފަސޭހަކޮށް މަސައްކަތް އަވަސްކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން، ކޮންމެ އަތޮޅަކަށް އެކި މިނިސްޓްރީ ތަކުން ސްޓޭޓް މިނިސްޓަރެއް، ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކަނޑައަޅުއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެބޭފުޅުން މަސައްކަތްކުރައްވާނީ، ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން އެއަތޮޅެއްގައި ކޮވިޑް-19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރަށް އަދި ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވައި އަދި އެކަން ހިނގާނުހިގާ ގޮތް މޮނިޓާ ކުރެއްވުމަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 901 މީހެކެވެ. އޭގެ ތެރެއިން 468 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ.އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ417 މީހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top