ޝިހްބާން (ބައްޓޭ )ފަސް އަހަރަށް ސަސްޕެންޑް

DSC_0055.jpg

އެމް.އޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗަށްފަހު ހުސައިން ޝިހުބާން ހަމަނުޖެހުން ހިންގަނީ -ފޮޓޯ :އީޓީ

އޭދަފުށީގައި މިހާރު ކުރެވެމުންދާ  ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމް.އޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗަށް ފަހު ހަމަނުޖެހުން ހިންގުުމުގެ ސަބަބުން އޭދަފުށި ޒުވާނުންގެ ކްލަބުގެ އެއްވެސް ހަރަކާތެއްގައި ކުރިއަށް އޮތް ފަސް އަހަރުދުވަހު ބައިވެރިނުވެވޭ ގޮތަށް ހުސެން ޝިހްބާން ސަސްޕެންޑް ކޮށްފިއެވެ.

އޭދަފުށި ޒުވާނުންގެ ކްލަބުގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ (ބައްޓޭ) ބުނީ އެމް.އޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗް ނިމުމުން ޔުނައިޓެޑް ވީ ގެ ޖާޒީ ނަންބަރ 23 އަހުމަދު ނިޔާޒަށާއި މުބާރާތް އިންތިޒާމް ކުރާ ފަރާތުގެ އޮފިޝަލެއްގެ އިތުރުން އަދި ޔުނައިޓެޑް ވީ ގެ އިތުރު ކުޅުންތެރިއެއްގެ ގައިގައި ޖެހުމަށް ހުސައިން ޝިހުބާން މަސައްކަތް ކޮށްފައިވާތީ ކުރިޔަށް އޮތް 5 އަހަރަށް ސަސްޕެންޑްކުރީކަމަށެވެ.

މީގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިއެއްގެ ފަރާތުން އެފަދަ ހުތުރު އަމަލުތަކެއް ފެނިގެން ދިއުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލަކަށްވާތީ އާއި ގްރޫޕް ސްޓޭޖްގައި ފުރަތަމަ ކުޅުނު ދެ މެޗްގައި ވެސް ރެފްރީގެ ނިންމުތަކަށް ދެކޮޅު ހެދުމަކީ ވެސް ސަސްޕެންޑްކުރަން ޖެހުނު ސަބަބެއްކަމަށް ބައްޓޭ ވިދާޅުވިއެވެ.

ފްރެންޑްލީ ޔޫތުކަޕް މިއަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ހިމެނެއެވެ. އެގޮތުން އިންޓަނޭޝަނަލް 11 ކުޅުންތެރިން ހިމެނޭކަމީ މި މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެން ދާ ސަބަބެއްކަމުގައި ބެލެވެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބ. އަތޮޅުގައި މިިހާތަނަށް ބޭއްވި އެއްވެސް މުބާރާތެއްގައި ދީފައި ނުވާވަރުގެ ފައިސާގެ އިނާމެއް މިފަހަރު ދޭނެކަމަށާއި މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަށް ލިބުނު ފައިސާއަށްވުރެ މި އަހަރު ޗެމްޕިއަން ޓީމަށް ދޭ ފައިސާ އިނާމް ބޮޑު ވާނެކަމަށް އޭދަފުށި ޒުވާނުންގެ ކްލަބުގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top