ބޮޑު އީދުގެ މުނާސަބަތުގައި ބާއްވާ ލެވިސްތާ ކަޕް ފަށައިގެން ކުރިއަށް

viber_image_2019-08-12_14-51-26.jpg

ޔުނައިޓެޑް ވީ އާއި ސައިނޯސާ ވާދަކުރި މެޗުގެ ތެރއިން -- ފޮޓޯ :ސައިނޯސާ ރާއި

ކޮންމެ އަހަރަކު ބޮޑު އީދުގެ މުނާސަބަތުގައި އޭދަފުށީގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް މިއަހަރު، ލެވިސްޓާ ކަޕްގެ ނަމުގައި މިއަދު ފަށައިފިއެވެ.

އޭދަފުށިގެ ޓާފް ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ހަ ޓީމް ބައިވެރިވެފައިވާ އިރު މުބާރާތް ހުޅުވާ މެޗުގައި ވާދަކުރީ ޔުނައިޓެޑް ވިކްޓަރީއާއި ސައިނޯސާއެވެ. 0-2 އިން މި މެޗު ކާމިޔާބު ކުރީ ސައިނޯސާއެވެ. ސައިނޯސާއިން ލަނޑުޖަހާފައިވަނީ އިޝާން އިބްރާހީމާއި މުހައްމަދު އުމޭރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ އިޝާން އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ފަސްތް ޑިވިރަންގެ މަޝްހޫރު ތަރިންވެސް ބައިވެރިވާ މި މުބާރާތުގައި މިއަދު ކުޅުނު ސައިނޯސާގެ މެޗުގައި އެޓީމް މޮޅު ކޮށްދިނުމުގައި އަލީ އަޝްފާގައި ސައްޓުގެ ބައިވެރިވުން ބޮޑު ކަން ފާހަގަ ކުރެވުނެވެ.

މިބާރާތުގައި މާދަމާ ވާދަކުރާނީ އެމް.އޭ ޔުނައިޓެޑާއި ހުސް ސޮނގުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top