ބ.ގޮއިދޫ ހުސައިން ޝަފާޒް ، މަރުވެފައިއޮއްވާ ފެނިއްޖެ

l_1497693021361iUQ.jpg

ސަން އައިލެންޑް ރިސޯޓުގައި މަރުވެފައި އޮއްވާ ފެނުނު ހުސައިން ޝަފާޒް

ޑައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި ސަން އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބ. ގޮއިދޫ އަތިރީގޭ ހުސައިން ޝަފާޒް  އެރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އޭނާ މަރުވެފައި އޮތްކަން އެނގުރީ ޚަބަރެއް ނުވެގެން ރިސޯޓުގައި އުޅުނު މުވައްޒަފުންތަކެއް ގޮސް އޭނާ އުޅޭ ކޮޓަރި ބެލުމުންނެވެ.

އުމުރުން 34 އަހަރުގެ ހުސައިން ޝަފާޒު މަރުވެފައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންނަށް މިކަމުގެ ރިޕޯޓުކޮށްފައިވަނީ ރޭ 9:30 ހާއިރު އެވެ. ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top