ތުޅާދޫ ފަޅު ފުންކުރުމުގެ މަސައްކަތް އަލުން ފަށައިފި

img_md_202109200504521632139492.8449.jpeg

ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ބ.ތުޅާދޫގެ ފަޅު، އަލުން ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން މި ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ 10.13 މިލިޔަން ރުފިޔާ އަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށެވެ.

އެކުންފުނިން ބުނީ ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މި މަހުގެ 15 ވަނަ ދުވަހު ފަށައިގެން ކުރިއަށް ދާ ކަމަށެވެ.

މަޝްރޫއުގެ ތަފްސީލު ހާމަކުރަމުން އެމްޓީސީސީން ބުނީ ، ފަޅު ކޮނުމަށް ފަހު ބިންގަނޑު އެއްވަރު ކުރަން 11,700 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމާއި، ބެޑު ތައްޔާރު ކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ.

ތުޅާދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ އިރު، ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމަން ވެސް ހަވާލު ކުރީ މި ކުންފުންޏަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top