ދިވެހިހައްޖާޖީން މިނާގައި. ހާލުރަނގަޅު

ދިވެހި ހައްޖާޖީން މިނާގައި

ދިވެހި ހައްޖާޖީން މިނާގައި

މިއަަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްތިބި ހުރިހާ ދިވެހިން ހައްޖުގެ އަޅުކަމަށް ފަށައިގަތުމަށް މިނާއަށް ހިގައްޖެކަމުގައި ހައްޖު މިޝަނުން ބުނެފިއެވެ.

އެ މިޝަނުން ބުނީ ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްގޮސްތިބި އެންމެން ރޭ ދަންވަރު މިނާއަށް ދިއުމަށް ފުރާފައިވާކަމަށާއި އެހެން ގްރޫޕްތަކުގެ ހަވާލުގައި ހައްޖަށްގޮސްތިބި މީހުންވެސް މިއަދު ހެނދުނު މިނާއަށް ދިއުމަށް ފުރައިފި ކަމުގައެވެ. އަދި މިހާރު ދިވެހި ހުރިހާ ހައްޖުވެރިންވެސް މިނާއަށްއަތުވެއްގެ ކަމުގައާއި ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމުގައެވެ.

“އަރިދަފުސްރޯގާ ޖެހުންފިޔަވައި އިތުރު މައްސަލައެއްނެތް ” ހައްޖުމިޝަނުން މައުލޫމާތު ދިނެވެ.
މިނާއާއި އަރަފާތުގައި ދިވެހިން ތިބުމަށްހަމަޖައްސާފައިވާ ފޭލިގެތައް ހުރިހިސާބު ދެނެގަތުމަށްފަސޭހައަކަށް ދިވެހި ހައްޖާޖީންނަށް ހައްޖުކޯޕަރޭޝަނުންވަނީ ޚާއްސަ ޗާޓެއް ތައްޔާރުކޮށްފައެވެ.

ރާއްޖެއިން މިއަހަރު 2000 މީހުން ހައްޖަށްގޮސްފައިވެއެވެ. އޭގެ ތެރެއިން އެކަކު ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނިޔާވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top