ހަނދުކޭތައާއެކު އުދައަރާފާނެ

އޯގަސްޓްމަހު މާލެއަށް އުދައަރާފައި

އޯގަސްޓްމަހު މާލެއަށް އުދައަރާފައި

މިމަހުގެ 28ވަނަދުވަހު ހަނދުކޭތަ ހިފާކަމުން ، ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް މޯލްޑިވްސް މިޓިއޮރޮޖިކަލް ސެންޓަރުން(މެޓްއޮފީސް) ބުނެފިއެވެ.

މެޓްއޮފީހުން ބުނިގޮތުގައި ފުރުސަތު ބޮޑުވެގެންދަނީ ހަނދާއި އިރާއި ދުނިޔެ އެއްލައިނަކަށް ދިމާވާތީއެވެ. ދުނިޔެއާ ހަނދު ކައިރިވަމުން އަންނަވަރަކަށް ކަނޑުގެ ދިޔަވަރަށް ބަދަލުއައިސް އާދަޔާ ޚިލާފަށް ބޮޑުވެ އޮއިވެސް ގަދަވެގެންދެެއެވެ.

މިހެން ދިމާވުމުން ރާއްޖެއާ ދުރުން އުފެދިގެން އަންނަ ބާނިތަކާ ރާޅުތަކުގެ ސަބަބުން މި މަހުގެ 25ން 30އާދެމެދު ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރާފާނެކަމަށް އިންޑިއާގެ ނެޝަނަލް އޯޝަން އިންފޮމޭޝަންސަރވިސް(އިންކޮއިސް) އިންވެސް ލަފާކޮށްފައިވާ ކަމަށް މެޓްއޮފީހުން ބުނެއެވެ.

މެޓްއޮފީހުން ބުނީ އުދައަރާފާނެކަމަށް ބެލެވެނީ އެންމެ ދިޔަވަރު ބޮޑުވާގަޑީގައި ކަމަށާ މި މަހުގެ 28ންފެށިގެން 30ވަނަދުވަހާހަމައަށް ކޮންމެ ދުވަހަކުވެސް ދިޔަވަރު ބޮޑުވާ ވަގުތު އުދައަރާފާނެކަމަށް ބެލެވޭ ކަމުގައެވެ.

މިދިޔަ މަހުވެސް ރާއްޖޭގެ ބައެއް ރަށްތަކަށްވަނީ އުދައަރައިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top