500ރުފިޔާގެ ފޭކްނޫޓް ދައުރެއް ނުވޭ: އެމްއެމްއޭ

b_LOrF06iw9kyjwDC0aDHBp9dnK.jpg

- ފޮޓޯ ލެފްޓްއޯވާ ކަރަންސީ

ފައްސަތޭކަ ރުފިޔާގެ ފޭކް ނޫޓް ދައުރުވަމުން ނުދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކޮށްފައި މިވަނީ 500ރުފިޔާގެ ވަގުނޫޓް ދައުރުވާކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރަކާ ގުޅިގެންނެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް މުހައްމަދު ނާސިހު ވިދާޅުވީ، މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަ -/500 ރުފިޔާގެ ނޫޓު އެމްއެމްއޭގެ އިދާރާ އަށް ގެންގޮސް ބެލި ބެލުމުން އެ ނޫޓަކީ ސައްހަ ނޫޓެއްކަން ޔަގީން ކޮށްފައިވާ ކަމަށެވެ. ނާސިހު ވިދާޅުވީ އެ ނޫޓުގައި ކޮންމެވެސް ވަރަކަށް ކުލައެއް ޖެހިފައި ހުރިކަން މަރުކަޒީ ބޭންކަށް ވެސް ފާހަގަ ކުރެވޭ ކަމަށެވެ.

“”ނަމަވެސް ކޮންމެ ވެސް ގޮތަކުން އެ ނޫޓުގައި ކުލައެއް ޖެހިފައި ހުރިކަން ފާހަގަ ކުރެވުނު. އަދި އެ ކުލަ ފިލުވުމަށް ކެމިކަލްއެއްގެ ބޭނުން ކުރުމުން ނޫޓުގެ ކުލަ ފަނޑުވެފައިވާކަން ވެސް ފާހަގަ ކުރެވުނު. އެ ނޫޓުގައި މި ދެންނެވި ކަންކަން ހުރި ނަމަވެސް އެ ނޫޓަކީ ސައްހަ ނޫޓެއް.” ނާސިހު ވިދާޅުވި އެވެ.

ނަގުދު ފައިސާގެ ނޫޓަކާ މެދު އެއްވެސް ކަހަލަ ޝައްކެއް އުފެދިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެމްއެމްއޭއަށް އެކަން އެންގުމަށް އެމްއެމްއޭ އިން އެދެއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް “ރަންދިހަ ފަހެއް”ގެ ނަމުގައި އާ ނޫޓު ސީރީޒެއް ތައާރަފުކުރީ 2015 ވަނަ އަހަރު އެވެ.

ޕޮލިމާ ކަރުދާހުން އުފައްދާފައިވާ އާ ނޫޓް ސީރީޒް ގައި ހިމެނެނީ 10، 20، 50، 100، 500 އަދި 1000ރ. ގެ ނޫޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top