ޕީޕީއެމްގެ ބޮޑު ޖަލްސާއިން ޕާޓީގެ ސައިޒް ދައްކާލައިފި

41854139_468372087005925_8241936825346686976_n-755x435.jpg

ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާ

އަތޮޅު ތެރއިން މީހުން ގެންގޮސްގެން ރޭ ޕީޕީއެމްގެ ފަރާތުން މާލޭގައި ބޭއްވި ޖަލްސާއިން ޕީޕީއެމްގެ ސައިޒް ދައްކާލައިފިއެވެ. މި ޖަލްސާ އަށް އޭދަފުށިން ވެސް ވަނީ ތިން ސަތޭކައާ ގާތްކުރާ އަދަދަކަށް މީހުން ގެންގޮސްފައެވެ.

މާފަންނު ސްޓޭޑިއަމް ވެލި ދަނޑުގައި ރޭ ބޭއްވި މިޖަލްސާގައި އަތޮޅުތަކުން އަތޮޅު ތެރއިންވެސް ގިޮނަ އަދަދެއްގެ ބަޔަކު ބައިވެރިވެ މިއީ މިހާތަނަށް މާލޭގައި ބޭއްވުނު އެންމެ ބޮޑު ޖަލްސާއަށް ވާނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

ރޭ 9:00ގައި ފެށި ޖަލްސާ އޮތް ސަރަހައްދުގެ މެދުގައި “1” ނަމްބަރުން ހަދާފައިވާ ސްޓޭޖް ވަށައިގެން އެތައް ހާސް ބަޔަކު ތިއްބެވެ. ފްލައިޓް ޗާޓާކޮށްގެންނާއި ދޯނި ފަހަރާއި ލޯންޗްތަކުގައި އެތައް ބަޔަކު އައި ޖަލްސާގައި ގިނަ ސަޕޯޓަރުން ތިބީ ރައީސް ޔާމީންގެ ކެމްޕެއިން ލޯގޯ ޖަހާފައިވާ ޓީޝާޓް ލައިގެންނެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރ މި ޖަލްސޡަ ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަން ޔަގީންވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހެއްދެވި ފަރާތަށް ޝުކުރު އަދާ ކުރައްވަމުން ނިހާން ވިދާޅުވި ގޮތުގައި އެ ޖަލްސާ ގައި 40،0،00 ވަރަކަށް މީހުން ބައިވެރިވެފައިވާ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top