ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމާ ގުޅިގެން ބާއްވަމުން އަންނަ މިނިވަން ޗެމްޕިއަން ޝިޕްގެ މިއަހަރު ގެ މުބާރާތުގައި ބ.އަތޮޅުން ބައިވެރިވެފައިވަނީ އެންމެ ދެޓީމްކަމަށް އީވީއަށް މައުލޫމާތު ލިބިއްޖެއެވެ.
ބ. އަތޮޅުގައި 13 ރަށް އޮތް އިރު މި މުބާރާތުގައި ބައިވެރިވެފައިވަނީ އޭދަފުއްޓާ ފެހެންދޫއެވެ.
މި މުބާރާތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ބައިވެރިވެފައިވާއިރު ބ.އަތޮޅު ހިމެނެނީ ޒޯން 3 ގައެވެ.
ޒޯން 3 ގައި ހިމެނޭ އަތޮޅުތަކުގައި މެޗުތައް ފަށާ ތާރީޚް:
ރ. އަތޮޅުގައި (މާޗު 4 ން 14 އަށް)
ބ. އަތޮޅުގައި (މާޗު 9 ން 12 އަށް)
ޅ. އަތޮޅުގައި (މާޗު 13 ން 16 އަށް)
މި މުބާރާތް ހަމަޖެހިފައިވާ ގޮތުން އަތޮޅު ބުރުގެ ޗެމްޕިއަނުން ދަތުރުކުރާނީ ޒޯން ބުރަށެވެ. ޒޯން 3 ގެ އަތޮޅުތަކުގެ ޗެމްޕިއަނުންމެދުގައި މި މުބާރާތް ކުރިއަށްދާނީ އަންނަ މާޗުމަހުގެ 19 އިން 26 އަށެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދ. ކުޑަހުވަދޫއެވެ. ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދީ ފައިނަލުގައި ގދ. ތިނަދޫ ބަލިކޮށްގެންނެވެ.