ޕީޕީއެމްގެ ނަމުގައި ފޭކް މެސެޖްތަކެއް ފޮނުވަނީ

Screenshot-2023-10-28-at-12.29.45.jpeg

ޕީޕީއެމްގެ ނަމުގައި ސްޕޭމް މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީން އެދިއްޖެއެވެ.

ޕީޕީއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު މެސެޖްތަކެއް ފޮނުވަމުން ދާ ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެއީ ސްކޭމް މެސެޖްތަކެއް ކަމަށާއި އެ މެސެޖްގައިވާ ލިންކަށް ނުވަނުމަށް އެ ޕާޓީން އިލްތިމާސް ކުރެއެވެ.

ރާއްޖޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލުމަކީ އާންމުވެފައިވާ ކުށެކެވެ. އާންމުކޮށް މިކަން މި ޒަމާނުގައި ކުރަމުން ގެންދަނީ ސްކޭމްތައް މެދުވެރިކޮށެވެ. ސްކޭމްތައް ހިންގާ މީހުން އެކި ކުންފުނިތަކާއި މުވައްސަސާތަކުގެ ނަމުގައި މެސެޖްކޮށް ފައިސާ ހޯދައެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ސްކޭމްތައް ވަރަށް ގިނަ ވެފައިވާކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ ބޮޑަށް ފާހަގަ ކޮށްލެވެނީ މީސް މީޑީއާގައި އެކައުންޓުތައް ހެކް ކުރުމަށް ފަހު، އެ އެކައުންޓު މެދުވެރިކޮށް އެކަކު އަނެކަކާއި މުއާމަލާތްކޮށް ހިންގާ ސްކޭމްތައް ކަމަށެވެ.

މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ތަކުރާރުކޮށް ކަމާ ގުޅޭ އިދާރާތަކުން އެދެމުން ދިޔަ ނަމަވެސް ބައެއް އާންމުންނަށް އެކަމަށް ސަމާލުކަން ނުދެވި ފައިސާގެ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.

ސްކޭމް މެސެޖު ފޮނުވައިގެން ފައިސާ ފޭރިގެންފައިވާ ގިނަ މައްސަލަތަކެއް ފުލުހުންގެ އިދާރާ އިން ތަހުގީގު ކުރަމުންދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top