މިރޭ ކޭތަ ނަމާދު ކުރާނެ

big_IzCJFPsQlinTguzDKy5Sg6Ww5.jpg

މިރޭ ހިފާ ހަނދު ކޭތައެއް ރާއްޖެއަށް ފެންނާނެތީވެ ރާއްޖޭގެ ހުރިހާ ރަށެއްގެ ބޮޑެތި މިސްކިތްތަކުގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ

މިރޭ ހިފާ ހަނދުކޭތައަކީ ފަޅި ހަނދު ކޭތައެކެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިރޭގެ ހަނދުކޭތަ ފެންނާނެއެވެ.

ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން މިރޭ 11:01 ގައެެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ މެންދަމު 1:14 ގައެވެ. މި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމުން އަލިވެ 03:26 ގައެވެ.

ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މެންދަމު 01:15 ގައެވެ. ކޭތަ ނަމާދުގެ ޚުތުބާ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ފަޅި ހަނދުކޭތައެއް ހިފާނީ އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަންނަ އިރު އުފެދޭ މަޑު ހިޔާގަނޑުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެން ފެންނަ ގޮތަށެވެ.

ދެން އެންމެ އަވަހަށް ހަނދު ކޭތައެއް ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ހަތް ވަނަ ދުވަހުއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top