ސްކޫލުތަކުގައި ނަފުސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ސްކޫލްތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ޔުނިސެފާ ގުޅިގެން ހިންގަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން އެފަދަ ޕްރޮގްރާމެއް ހިންގައިދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދުމަށް މިއަދު އިއުލާންކުރި އިރު އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ވީޑިއޯއާއި ގްރެފިކްސް އަދި އެނިމޭޝަން ހިމެނޭ 30 ކޮންޓެންްޓް ހަދަން ޖެހޭނެ އެވެ.
ސްކޫލްތަކުގައި ނަފުސާނީ ދުޅަހެޔޮކަމާ ޕްރޮގްރާމްތަކެއް ހިންގަން ބަޔަކު ހޯދަން އިއުލާންކުރި އިރު، ސްކޫލްތަކުގައި ދަރިވަރުންނަށް ބުލީ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އާންމުވެފައިކަން ފާހަގަ ކުރެވެ އެވެ.