ތުޅާދޫގައި ހައިޑްރޮޕޯނިކްސް ސިސްޓަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް

big_r3hATKs7VEW4f6h50JCoexb0R.jpg

ތުޅާދޫގައި ކުރިއަށްދިޔަ ހައިޑްރޮޕޯނިކްސް ސިސްޓަމާ ގުޅޭ ތަމްރީން ޕްރޮގްރާމް ގެ ތެރެއިން---ފޮޓޯ: ދަނޑުވެރިކަމާބެހޭ މިނިސްޓްރީ

ބ. ތުޅާދޫގައި ފެނުގައި ގަސް ހައްދަން ދަސްކޮށްދޭ ނުވަތަ ހައިޑްރޮޕޯނިކްސް ސިސްޓަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއީލެވެ.

މިޕްރޮގްރާމްގެ މަގްސަދަކީ ގޯތި ތެރޭގައި ހުންނަ ހުސްބިންކޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކޮށްގެން އެދެވޭ މަންފާއެއް ހޯދުމުގެ މަގު ފަހިކޮށްދިނުން ކަމަށާއި އެކަށީގެންވާ ބިން ލިބެންނެތް ރަށްރަށުގައިވެސް ހައިޑްރޮޕޯނިކްސް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.

ތުޅާދޫގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ދަށުން ތުޅާދޫގެ 10 ދަނޑުވެރިއަކަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ހައިޑްރޮޕޯނިކްސް ސިސްޓަމް ގާއިމްކޮށްދޭނެއެވެ. އެގޮތުން ކޮންމެ ދަނޑުވެރިއަކަށް ލެޓިއުސް ފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިއުކަންބާ އާއި މެލަންގެ ބާވަތްތައް ހެއްދުމަށް ޚާއްސަ ސިސްޓަމެއް ގާއިމްކޮށްދޭނެއެވެ.

ފަތްޕިލާވެލި އިންދުމަށް ޚާއްސަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިއުކަންބާއާއި މެލަން ހެއްދުމަށް ޚާއްސަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެ ކަމަށް އެވުޒާރާއިން ހާމަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top