ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑޭ ނުރައްކާތެރި ވަބާއެއް: ޚުތުބާ

413454_3_59939527150385d0fd96808baa3cfb1edc71b98a_large-1.jpg

އޭދަފުށި، މަސްޖިދު މުހައްމަދު އަލީ

ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެއް ކަމަށާއި އުޚުރަވީ ހަޔާތުގައި ވެސް ވޭންދެނިވި އަޒާބާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

”ޙަލާލު ގޮތުގައި މާލީ މުއާމަލާތްތައް ކުރުން“ މި މައުޟޫގެ މައްޗަށް ޚާއްސަކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރިވާނެ ކަމަށާއި ރިބާ ކާމީހާއާއި، ރިބާ ދޭ މީހާއާއި، އެކަމާ ގުޅޭ ލިޔުންތައް ލިޔާ މީހާއާއި އެ ކަމަށް ހެކިވާ މީހުން ވެސް ހިމެނޭ ގޮތަށް، މި އެންމެންނަކީ، ފާފާގައި ހަމަހަމަ ބައެއްކަމާއި، މި އެންމެންނަށް ﷲގެ ލައުނަތް ހުރިކަމަށް ނަބިއްޔާ ވަނީ މި އުންމަތަށް އިންޒާރުކުރައްވާފައިވާ ކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނީ މީގެކުރިން މަޖުބޫރު ހާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝޫރަންސް ނަގާން ޖެހުނު ކަމުގައިވިޔަސް މިއަދު މިވަނީ މާތް ﷲގެ ރަޙުމަތާއެކު އިސްލާމީ އުސޫލުން ޚިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް މިރާއްޖެއާއި މުޅި ދުނިޔޭގައިވެސް ތައާރަފް ވެފައި ކަމުގައެވެ. އެގޮތުން ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް ފައިސާގެ މުއާމަލާތުތައް ހިންގާ ބޭންކުތަކާއި، ތަކާފުލް ކުންފުނިތަކާއި މުއައްސަސާތައް ނުހިންގޭނެކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެގެން ގޮސްފައިވާ ކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން އިސްލާމީ ޝަރީއަތް ހުއްދަކުރާގޮތަށް މާލީ މުއާމަލާތް ކުރެވެން ނެތްކަމަށް މިއަދު ނިންމޭކަށް ނެތްކަމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top