ބ. ކަމަދޫން މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ ސުވާސާގެ، އަލީ ރިޔާޒު ހަސަން (53އ) އާއި، ބ. ކަމަދޫ / ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ، ޖުލައި 2ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަދޫ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ރިޔާޒު ހަސަން (53އ) 5 ދުވަހަށް، އަދި އާމިނަތު ފަރީޝާ (42އ) 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.








