މަސްވެރިން ފެލިވަރުގައި މުޒާހަރާ ކުރަނީ

masverin-muzahara-felivaru-1.jpg

ފެލިވަރުގައި މަސްވެރިން މުޒާހަރާ ކުރަނީ — ފޮޓޯ: ސޯޝަލް މީޑިއާ

ހައްލުނުވެ ގިނަ މައްސަލަތަކެއް ދިގުލައިގެން ދާކަމަށް ބުނެ ގިނަ އަދަދެއްގެ މަސްވެރިން ފެލިވަރުގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

ފެލިވަރު ފަޅުތެރޭގައި ދޯނިތައް އަޅައިގެންތިބެ ގާތްގަނޑަކަށް 20 ދޯނީގެ މަސްވެރިން މި މުޒާހަރާގައި ބައިވެރިވާކަމަށް މައުލޫމާތު ލިބެ އެވެ.

މުޒާހަރާގެ ބައިވެރިން ބުނާގޮތުގައި މުޒާހަރާ ހަމައަސް ދާން ޖެހުނީ މަސްވެރިންނަށް ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުނުވެ މަސްވިއްކައިގެން ލިބެންޖެހޭ ފައިސާ ނުލިބުމުން މަސްވެރިންގެ އާއިލާތައް ބިކަވަމުންދާ ކަމަށް ބުންޏެވެ.

މި މުޒާހަރާގައި މަސްވެރިން ފާޅު ކުރަމުންދާ ޝުއޫރުތަކުގެ ތެރޭގައި މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ގޮވާލުން ހިމެނެ އެވެ. އަދި އުތުރުގައި މަސްގަންނަން ތަރައްގީ ކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމާއި ފަސޭހައިން އައިސް ލިބޭޭނެ ގޮތެއް ހަމަޖެއްސުމަށް މަސްވެރިން ދަނީޑިމާންޑް ކުރަމުންނެވެ.

ފެލިވަރު ފަޅުތެރޭގައި ކުރާ މުޒާހަރާގައި ބައިވެރިވާ ދޯނިތަކުގައި ވަނީ މަސްވެރިންގެ ޝުއޫރުތައް ފާޅު ކުރުމުގެ ގޮތުން ތަފާތު އިބާރާތްތައް ލިޔެފައިވާ ޕޯސްޓަރުތައް ހަރުކޮށްފައެވެ.

“މި ސަރުކާރު ގެނައީ އަހަރެމެންގެ ވެސް މަސައްކަތުން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަށް އަހަރެމެންނާ ބައްދަލުކުރެވެން ޖެހޭނެ. އަހަރެމެންގެ އެންމެ ބޮޑު ޑިމާންޑަކީ އެއީ. މިފްކޯއަކީ ނަމެއް ނޫން. އެއީ އަހަރެމެންގެ ހިތާ ގުޅިފައިވާ ނަމެއް. މިއަދު މި ވިއްސާރައިގައި އަހަރެމެން މި އިހުތިޖާޖު ކުރަނީ ހައްޤު ހޯދަން. މިކަން ކޮޅެއްގައި ޖައްސާފަ ނޫނީ ހުއްޓާ ނުލާނަން”. ފެލިވަރު ބަނދަރުގައި ޝުޢޫރު ފާޅުކުރަމުންދާ މަސްވެރިޔަކު ބުންޏެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރުމަށް ޑިމާންޑު ކުރަމުންނެވެ. ރައީސް ސޯލިހާ ބައްދަލު ކުރުމަށް މުޒާހަރާ ކުރާ މަސްވެރިން ގޮވާލަމުން ދާއިރު މި މަހުގެ ކުރީކޮޅު ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ފެލިވަރަށް ވަޑައިގެން އެ ރަށަށް މަސް ކިރަން ގޮސްތިބި މަސްވެރިންނާއި ރައީސް ސޯލިހު ވަނީ ބައްދަލު ކުރައްވާފަ އެވެ.

މަސްވެރިންގެ ދުވަހު ރައީސް ސޯލިހް ވަނީ “ޒުވާން މަސްވެރިޔާ” ގެ ނަމުން މަޝްހޫރު ސާޖިން ކުރި ޓުވިޓަކާއެކު ގުޅައި މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަ ސާފުކުރައްވައި އޮޅުންފިލުވާ ދެއްވާފައެވެ.  މިއީ ސާލިހްގެ ޕީއާރު ސްޓަންޓެެއް ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

މިވަގުތު ފެލިވަރުގައި ގިނަ އަދަދެއްގެ ފުލުހުންހަރަކާތްތެރި ވަމުން ދާއިރު މިހާރު ފުލުހުން އަންނަނީ މި މުޒާހަރާ ރޫޅާލަން ތައްޔާރުވަމުން ކަމަށް މައުލޫމާތު ލިބެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top