ގްރޫމް ކޮށްގެން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

image-10470272-519e7c1dc1219e4b07185edb9d3b0d4b-kids-how-to-protect-your-child-from-online-grooming-and-sexual-abuse-1_3-1140x570.jpg

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމް ކޮށްގެން ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައެއް ބަލަމުން ދާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ކަނަތައް ހިނގާފައިވަނީ ދެކުނުގެ އަތޮޅެއްގައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އިއްޔެ ވަގުތެއްގައި 35 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާއަކީ އެކި ދުވަސް މަތިން އަންހެންކުއްޖާ ގްރޫމްކޮށް ޖިންސީ އަމަލު ހިންގަން ހިތްވަރުދީ ޖިންސީ ގުޅުން ހިންގަން އުޅުނު މީހެއްކަމަށް ވެސް ފުލުހުން  ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top