ގޯލް ޕޯސްޓެއް ބޮލަށް ވެއްޓި ކުޑަކުއްޖަކު މަރުވެެެެެއްޖެ

big_3rKWOqXsXFmwiHjVNXVt2SLYM.jpg

ހއ. އުލިގަމު

އުމުރުން 9 އަހަރުގެ ކުއްޖެއްގެ ކަނދުރާއަށް ފުޓްސަލް ގޯލް ޕޯސްޓެއް ވެއްޓި އަނިޔާވުމާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހއ.އުލިގަމު ގައެވެ.

ފުލުހުން ބުނީ އުލިގަމު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުއްޖެއްގެ ބޮލަށް ގޯލު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އުލިގަމު މީހަކު ބުނި ގޮތުގައި މި ކުއްޖާގެ ބޮލަށް ގޯލް ޕޯސްޓް ވެއްޓުނީ ހަވީރު ކުޅެން އުޅުމުގެ ތެރޭގައެވެ.

ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށް ވިޔަސް ގޯލް ޕޯސްޓް ވެއްޓުމާއި ގުޅިގެން ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް އެމީހާ މައުލޫމާތު ދިނެވެ.

މިހާދިސާ ހިނގަން މެދުވެރި ސީދާ ސަބަބެއް ނޭނގެ އެވެ. އެކަމަކު ވެއްޓުނު ގޯލް ޕޯސްޓަކީ ފުދޭ ވަރަކަށް ބަރު އެއްޗެއް ކަމަށް އެނގިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top