ބަަނޑަށް 7 މަހުގައި ވަޅި ހެރި ނަމަވެސް ކުއްޖާގެ ހާލު ރަނގަޅު!

aaas.jpg

އިނގިރޭސިވިލާތުގައި ބަނޑު ބޮޑު އަންހެނެއްގެ ބަނޑަށް ވަޅި ހަރައި އަންހެން މީހާ ޒަހަމްކޮށްލި ނަމަވެސް 7 މަހުގެ ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ލައުރެން އޮލިވިއޭ ބަނޑަށް ވަޅި ހަރާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ގޭގައި ހުއްޓަ އެވެ. އޭރު އޭނާގެ ބަނޑަށް 7 މަހެވެ.

ސްކުންތޯޕް ޖެނަރަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މި ދެމައިންގެ ހާލު ރަނގަޅު އިރު ތުއްތު ކުއްޖާ ސިޒޭރިއަން ހަދައިގެން ނަގާފައިވަނީ ލައުރެން އޮލިވިއޭ ގަޔަށް ވަޅި ހަރައިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަތާ ގަޑިއިރުތަކެއް ފަހުންނެވެ.

ލައުރެން ބުނީ އޭނާގެ ދަރިފުޅު ހާޕާ ސަލާމަތްވުމަކީ “މުއިޖިޒާތެއް ފަދަ ކަމެއް” ކަމަށާއި އެ ތުއްތު އަންހެން ކުއްޖާ ދެކިލުމަށް ގިނަ ބަޔަކު ހޮސްޕިޓަލަށް އައިސް ކާޑު ކަހަލަ އެއްޗެހި ދީ ހިތްވަރުދެމުން ގެންދާ ކަމަށެވެ.

“އަހަރެން ވަރަށް އުފާވޭ ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާތީ، އަހަރެންނަށް މީގެކުރިން ހީވި ތުއްތު އަންހެން ދަރިފުޅު ދުނިޔެއަކަށް ނާންނާނެއޭ، އެކަމަކު އަހަރެން އުފާވޭ ދަރިފުޅުގެ ހާލު ރަނގަޅުވީމަ، ދަރިފުޅު އުފަންވިއިރު ވަރަށް ކުޑަ، އެއީ ހަމަ ކުޑަ ކުޑަ ބުދެއް.” ތުއްތު ކުއްޖާގެ މަންމަ ބުންޏެވެ.

ލައުރެން ބުނީ ދަރިފުޅު އުފަންވި ދުވަހުން ފެށިގެން ހަތަރު ދުވަސްވަންދެން ނޭވާލަމުން ދިޔައީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށާއި ނަމަވެސް މިހާރު ދަރިފުޅު އަމިއްލައަށް ނޭވާލަމުންދާ ކަމަށެވެ.

އަދި ދަރިފުޅު ގޮވައިގެން ގެއަށް ދިއުމަށް ކެތް މަދުވެފައިވާ ކަމަށް ވެސް ލައުރެން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top