
އިއްޔެ ބޭއްވި ބަހިއްޔާ ކުޑަކުދިންގެ ހަވީރުގެ ސްޓޭޖް އައިޓަމެއްގައި ކުދިންތަކެއް ނަށަނީ / ފޮޓޯ: ތޯރިގް
މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބަހިއްޔާ ޕްރީ ސްކޫލުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
އިއްޔެ ހަވީރު އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދުގައި ބޭއްވި މި ހަވީރުގައި ބަހިއްޔާ ޕްރީ ސްކޫލް ކްލާސްތަކުގެ ދަރިވަރުންގެ ސްޓޭޖް ހަރަކާތްތަކާ، ތަފާތު ސްޓޯލްތައް ބެހެއްޓިފައި ހުއްޓެވެ. އެގޮތުން ޕޮލިހާ، ހޮސްޕިޓަލުގެ ސްޓޯލްގެ އިތުރުން ބެލެނިވެރިން ހެދިކާއާ، ތަފާތު ސާމާނު ވިއްކުމަށް ހާއްސަ ސްޓޯލްތަކެއްވެސް ކުރިޔަށްގެންދިޔައެވެ.
ވަރަށްގިނަ އަދަދެއްގެ އާންމުންން ބައިވެރިވި މިހަވީރަކީ ކޮންމެ އަހަރަކުވެސް އެސްކޫލުން ބާއްވާ ހަވީރުތަކުގެ ސިލްސިލާގެ ދަށުން ބެލެނިވެރިންނާ، ސްކޫލްގެ ގުޅުން ރަނގަޅުކޮށް، ކުދިންނަށް އުފާވެރި މާހައުލެއް ހޯދާދިނުމުގެގޮތުން ކުރިޔަށްގެންދިޔަ ހަވީރެއްކަމަށް ބަހިއްޔާއިން ބުނެއެވެ.
އިތުރު ހަރަކާތްތަކުގެ ގޮތުގައި ބަހިއްޔާ ޕްރީ ސްކޫލުން މިއަހަރުވަނީ ފިކްނިކް ދަތުރެއްގެ އިތުރުން ސްޕޯޓްސް މީޓް އަދި ބަހިއްޔާ މަސައްކަތު ދުވަސްވެސް ފާހަގަކޮށްފައެވެ.