ހޮސްޕިޓަލުން ހިންގާ ކަސްރަތު ޕްރޮޤްރާމެއް ފަށައިފި

ކަސްރަތު ޕްރޮޤްރާމްގެ ބައިވެރިން ޖަމިއަތުލްވަފާގެ ހޯލްގައި ސެޝަނެއްގައި ބައިވެރިވަނީ / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ކަސްރަތު ޕްރޮޤްރާމްގެ ބައިވެރިން ޖަމިއަތުލްވަފާގެ ހޯލްގައި ސެޝަނެއްގައި ބައިވެރިވަނީ / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓުން އިސްނަގައިގެން ކުރިޔަށްގެންދާ ކަސްރަތު ޕްރޮޤްރާމެއް ފަށައިފިއެވެ.

ފިޒިކަލް ފިޓްނަސް އެންޑް ބިއުޓީގެ ނަމުގައި ކުރިޔަށްގެންދާ މިޕްރޮޤްރާމް ބުދަދުވަހު ފެށިއިރު މިއީ އާންމުންނަށް ހިލޭ ކުރިޔަށްގެންދާ ޕްރޮޤްރާމެއްކަމަށް ހޮސްޕިޓަލުން ބުނެއެވެ. މިޕްރޮޤްރާމްގެ ދަށުން ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް ކެއުމުގެ އާދަތަކާ، ކަސްރަތު ކުރުމުގައި ގެންގުޅެންވީ އުސޫލުތައް ކިޔަވައިދިނުން ކުރިޔަށްގެންދާކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

1 މަސްދުވަހުގެ މުއްދަތަށް ޖަމިއަތުލް ވަފާ ހޯލްގައި ކުރިޔަށްގެންދާ މިޕްރޮޤްރާމްގައި 40 ބޭފުޅުން ބައިވެރިވެފައިވާކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ހޮސްޕިޓަލުން ބުނީ މިޕްރޮޤްރާމްގައި މައުލޫމާތު ދެއްވަނީ މިދާއިރާގެ ޓްރެއިނިން ލިބިފައިވާ އޭދަފުށީ ޕޮލިހުގެ ބޭފުޅުންނާ، އާންމުންގެ ތެރެއިންވެސް މިކަމާގުޅޭ ޓްރެއިނިންގްތައް ފުރިހަމަކޮށްފައިވާ ތަޖުރިބާކާރު ބޭފުޅުންކަމަށެވެ.

އާންމުންނާ، އޮފީސްތަކުގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބ. އަތޮޅު ހޮސްޕިޓަލާ ސޮނެވާފުށި ރިސޯޓް ގުޅިގެން މިދިޔަ ހަފްތާތެރޭގައި ފަސްޓް އެއިޑް ޓްރެއިނިންގް ކްލާސްތަކެއްވެސް އޮފީސްތަކަށާ، އާންމުންނަށް ކުރިޔަށްގެންދިޔައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top