ބ.ކުޑަރިކިލާއި ފެހެންދޫގައި ކުޑަކުދިންގެ ޕާކް ހަދަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ. މިދެރަށުގެ އިތުރުން 29 ރަށުގައި ޕާކް ހެދުމަށް މިއަދުވަނީ އެޗްޑީސީއާއި ހަވާލު ކޮށްފަ އެވެ.
މިއަދު ލޯކަލް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ޕާކް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރެވެ.
ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫޢުގައި 57 ރަށް ހިމެނެއެވެ. އެ ގޮތުން 52 ރަށުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ. ފުރަތަމަ ބެޗުގައި ހިމެނެނީ 12 ރަށެވެ. އޭގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ހަ ރަށެއްގައެވެ. އަދި ހަތަރު ރަށެއްގެ ޕާކުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ދެ ޕާކެއްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްޑީސީއާ އެވެ.








