ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ބީއެމްއެލްއިން ދޭ އެހީ

IMG_20220124_173046574.jpg

ބީއެމްއެލް /އޭދަފުށި

ދިވެހިރާއްޖޭގެ ތަރައްގީއާއި ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި ސްމޯލް ގްރާންޓްސް އަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ނިޔަލަށް ހަމަވާނެކަމަށް އެބޭންކުން ބުނެފިއެވެ.

އެބޭންކުން ވަނީ ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމާފައެވެ. 31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓް ތަކަށް ހިލޭ އެހީ ލިބިގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރެއްވުން.” މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މި ފަންޑިންގ އަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލް އަދި ފަންޑިން އަށް އެދި ހުށަހަޅާ ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top