ޓްރީޓޮޕް ހޮސްޕިޓަލުން އޭދަފުށީގައި ހެލްތު ކޭމްޕެއް

big_Ez5tXBLBZEUSwQMQ9r0ve6dDa.jpg

ޓްރީ ޓޮޕް ހޮސްޕިޓަލް

ސިއްހީގޮތުން އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތް ދިނުމުގައި އިތުބާރު ހޯދާފައިވާ މަޝްހޫރު، ޓްރީޓޮޕް ހޮސްޕިޓަލުން އޭދަފުށީގައި ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ

އެހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މިމަހުގެ 10 ވަނަދުވަހާއި 11ވވަނަ ދުވަހު ބާއްވާ މިކޭމްޕަކީ ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕިލިރަނީ ސްޕެޝަލިސްޓުންގެ ޚާއްސަ ޓީމެއް އެކެވެގެން ފަރުވާދޭ ކޭމްޕެކެވެ.

މި ހެލްތް ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ޚާއްސަ ޑޮކްޓަރުން އަދި ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހަރަކާތްތެރިވާނެ އެވެ.

މިގޮތުން ބަލިމީހުންނަށް ހެލްތް ސްކްރީނިންގ ހަދައިދިނުމާއި އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައި ދޭނެ އެވެ. އަދި މި ހެލްތް ކޭމްޕްގެ ހެލްތް ސްކްރީނިންގ ޚިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހެލްތް ސްކްރީނިންގ ޚިދުމަތް ފޯރުކޮށްދެނީ ހިލޭކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

”މިއީފެށުމެއް. ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގެ އެހެން ސަރަހައްދު ތަކުގައިވެސް މި ފަދަ ކޭމްޕްތައް ބާއްވާނެ. ބޭނުމަކީ ޓްރީޓޮޕް ހޮސްޕިޓަލުން ޚިދުމަތް ހޯދަން ބޭނުންވާ އެންމެ އާދައިގެ މީހާއަށްވެސް ހިދުމަތް ފޯރުކޮށްދިނުން. ” ޓްރީޓޮޕް ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިންގ އޮފިސަރު، އާދިލް މޫސާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ މި ކޭމްޕްގެ ކަންކަން ކުރިއަށް ގެންދާނީ އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން ކަމަށާ އޭދަފުށީގައި މި ބާއްވާ ކޭމްޕްވެސް ކުރިއަށް ގެންދަނީ އެ މަގުން ކަމަށެވެ.

ހެލްތް ކޭމްޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބު، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. ހުސެއިން ފައިސަލް އަދި ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑަރ ހިމެނިވަޑައިގަންނަވާ ކަމަށް އާދިލް ވިދާޅުވި އެވެ.

ހެލްތު ކޭމްޕަށް ދެއްކެވުމުގެ ގޮތުން ނުވަތަ އިތުރު މައުލޫމާތު ހޯއްދެވުމަށް ބ.އަތޮޅު ހޮސްޕިޓަލުގެ 6600294 އަދި 6608309 ގުޅުއްވުމަށް ޓްރީޓޮޕް ހޮސްޕިޓަލުން އެދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top