ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ. ފަރުވާ ދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި.

Maumoon.jpg

ރައީސް މައުމޫން.

ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެެވެ.

އެމަނިކުފާނު އެޑްމިޓްވެ ފަރުވާ ދެމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކުރެއްވީ އެމަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.އެ ޓުވީޓުގައި މައުމޫން ވިދާޅުވީ، އެ މަނިކުފާނާއި އެ ބަލި ޖެހިފައިވާ އެހެން ހުރިހާ އެންމެންނަށް ރަހުމަތް ލައްވައި، އަވަސް ޝިފާއަކަށާއި ފުރިހަމަ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

ރައީސް މައުމޫން ކޮވިޑަށް ޓެސްޓް ކުރެއްވީ ކުރީރެއިން ފެށިގެން ހުމުގެ އާލާސްކަން ފުޅެއްގައި އުޅުއްވާތީ އިއްޔެ ޓްރީޓޮޕް ހޮސްޕިޓަލަށް ވަޑައިގެންނެވެ.

އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ފޮނުވަމުންނެވެ.

ކޮވިޑް19 އަކީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބަލިތައް ހުންނަ މީހުންނަށް ނުރައްކާ ބޮޑު ބައްޔެކެވެ. އެހެންކަމުން ރައީސް މައުމޫނަކީ ކޮވިޑް ބަލީގެ ހައިރިސްކު ކެޓަގަރީގެ ބޭފުޅެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. ނަމަވެސް، އެކަމަނާ ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު، މިހާތަނަށް ޖުމްލަ 7,047 މީހަކަށް ރާއްޖޭގައި ވަނީ އެބަލި ޖެހިފަ އެވެ. ރާއްޖެ އިން ބަލި ޖެހިގެން 28 މީހަކު މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top