ސީސީ، އިންޓަރިސޯޓް ކުރިކެޓް މުބާރާތް؛ މިލައިދޫ އާއި ސޮނެވާ ކުރިއަށް

viber_image_2023-05-12_16-34-23-739.jpg

ކްލަބް ކޮންބިނޭޝަން (ސީސީ )އިން ބ. އަތޮޅުގެ ރިސޯޓް ތަކަށް ހުޅުވާލައިގެން ބާއްވާ ”އިންޓަ ރިސޯޓް ކްރިކެޓް ޓޯނަމަންޓް“ގައި އިއްޔެވެސް ދެ މެޗު ކުޅެވުނެވެ.

އޭދަފުށީގެ ވެލި ދަނޑުގައި ކުރިއަށް ގެންދިޔަ ދެވަނަ ދުވަހުގެ ފުރަތަމަ މެޗުގައި މިލައިދޫ ރިސޯޓާއި ދުސިތުތާނީ މޯލްޑިވްސް ރިސޯޓެވެ. މި މެޗުގައި ޓޮސް ދިމާވެގެން ޑުސިތު ތާނީ މޯލްޑިވްސް ގަސްދުކުރީ ހޮވާށެވެ.

މިލައިދޫ ޓީމް ކުޅެން އަރާ 8 އޯވަރު ތެރޭ 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 129 ލަނޑެވެ. މި އިނިންގްޒް ގައި މިލައިދޫން އެންމެ ރަނގަޅަށް ކުޅުނީ 75 ލަނޑު ހެދި ރަންދިކާ އެވެ. ޖަވާބުގައި ކުޅެންއަރާ ދުސިތު ތާނީ މޯލްޑިވްސް އަށް 8 އޯވަރު ތެރޭ 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 106 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 75 ލަނޑު ހެދި ރަންދިކާ އެވެ.

ދެވަނަ މެޗުގައި ބައްދަލު ކުރީ ވެސްޓިން މޯލްޑިވްސް އާއި ސޮނެވާފުއްޓެވެ. ޓޮސް ދިމާވެގެން ވެސްޓިން މޯލްޑިވްސް ގަސްދުކުރީ ކުޅޭށެވެ.ވެސްޓިން އިން 8 އޯވަރު ތެރޭ 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 131 ލަނޑެވެ. މި އިނިންގްޒް ގައި ވެސްޓިން މޯލްޑިވްސް އިން އެންމެ ރަނގަޅަށް ކުޅުނީ 39 ލަނޑު ހެދި ދީޕަކް އެވެ. ޖަވާބުގައި ސޮނެވާފުށި ކުޅެން އަރާ 7.4 އޯވަރު ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 132 ލަނޑު ހަދައި މޮޅުވެގެން ފޭބި އެވެ. މި އިނިންގްޒްގައި ސޮނެވާ އިން އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މަސްއޫދު ރާނާ އެވެ. މި އިނިންގްޒްގައި އޭނާ 44 ލަނޑު ހެދި އެވެ.

މި މުބާރާތުގައި މިއަދުވެސް ދެމެޗު ކުޅޭނެ އެވެ. 3 ޖަހާއިރު ފަށާ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޑުސިތުތާނީ މޯލްޑިވްސް އާއި އަމިއްލަ މޯލްޑިވްސް ރިސޯޓެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސޮނެވާފުށި ރިސޯޓް އާއި ފިނޮޅު މޯލްޑިވްސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top