އަމިއްލަފުށި ކަޓައި ސޮނެވާ ސެމީއަށް

DSCN3569.jpg

އަމިއްލަފުއްޓާއި ސޮނެވާ ބައްދަލު ކުރި މެޗްގެ ތެރެއިން

އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުށީގައި ސޮނެވާ އާ އަމިއްލަފުށި ބައްދަލު ކުރި މެޗުން 1-2 އިން އަމިއްލަފުށި ބަލިވުމުން މި މުބާރާތުން ކަޓައި ސޮނެވާ ސެމީގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ސޮނެވާ ސެމީއާ ހަމައަށް އައީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. އިތުރު އެއް މެޗު އޮއްވައި މި ގްރޫޕުން ޑުސިޓް ވެސް ވަނީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިގެން ސެމީ އާ ހަމައަށް އައިސްފައެވެ. ގްރޫޕުން އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު ވައްކަރު ރިސޯޓާއި އަމިއްލަފުއްޓެވެ.

ގިނަ ބަޔަކު ކުޅިބަލަން ހާޒިރުވި މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ އަމިއްލަ ފުށިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗްގެ 32 ވަނަ މިނިޓްގައި ހުސައިން ޝިފާހު އެވެ.

މިލަނޑާއެކު ސޮނެވާފުށި ފަހަތުން އަރައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އޭގެ 7 މިނިޓް ފަހުން ހަސަން ޝުޖާއު އެވެ. ސޮނެވާގެ 2 ވަނަ ލަނޑު ޖަހާފައިވަނީ ވެސް ފުރަތަމަ ހާފުގައެވެ. އިތުރު ވަގުތުކޮޅުގެ ތެރޭގައި މި ލަނޑު ޖަހާފައިވަނީ އިބްރާހިމް މާޖިދު އެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވާފައިވަނީ ސޮނެވާގެ އިބްރާހީމް މާޖިދުއެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ފިނޮޅު ރިސޯޓާއި މިލައިދޫ އައިލެންޑް އެވެ. މި ދެ ޓީމު ދެ މެޗު ކުޅެފައިވާއިރު ފިނޮޅަށް 4 ޕޮއިންޓް ލިބިފައިވާއިރު މިލައިދޫއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top