ފުލުހުންގެ ބ. އަތޮޅު ކޮމާންޑަރަކަށް އަފްރާ ހަމަޖައްސަވައިފި

viber_image_2024-01-10_08-42-10-921.jpg

ފުލުހުންގެ ބ. އަތޮޅުގެ ކޮމާންޑަރު އަފްރާ އާދަމް

ނޯތު ޕޮލިސް ޑިވިޜަންގެ ބ. އަތޮޅު ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމް، ހަމަޖައްސަވައިފިއެވެ.

އަފްރާ މި މަގާމަށް ހަމަޖެއްސެވީ ކުރިން އެ މަގާމު އަދާކުރެއްވި އިންސްޕެކްޓަރު އަހުމަދު ނައީމް އޭނާގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ނޯތު ޕޮލިސް ޑިވިޜަންގެ ބ. އަތޮޅު ކޮމާންޑަރަކަށް އަފްރާ އާދަމް ހަމަޖެއްސެވުމާ ގުޅިގެން އޭނާ ގެންދަވަނީ މިދިޔަ މަހުން ފެށިގެން އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން ފުލުހުންނާއި ކައުންސިލް ގުޅިގެން ރަށުގައި ކުރުމަށް ކައުންސިލުން ރާއްވަވާފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށް، ރަށުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއިމެދު ކައުންސިލުތަކާ ބައްދަލުކޮށް އަންނަނީ މަޝްވަރާ ކުރައްވަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top