ފަޅުމަތީގައި ގެދޮރު އަޅައިގެން އުޅެވިދާނެ – އަސްލަމް

WXvUqTAopBNLhr8zU0E7NPNNbEyTcaawetH30BLa.jpeg

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުމަތީގައި ގެދޮރު އަޅައިގެން އުޅެވޭނެ ”އޯވާ ވޯޓާ ލިވިން ކޮންސެޕްޓް“ ތައްޔާރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެފަދަ ތަންތަނަކީ މީހުން ދިރިއުޅެން ތަރައްގީ ކުރެވިދާނެ ތަންތަންކަމުގެ މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ މޫދުގައި ކޮޓަރި އަޅައިގެން ދިރިއުޅޭނެ މޮޑެލެއް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މިހާރު ހަދާފައި ވާކަމަށެވެ. އެކޮންސެޕްޓް އަދި ފުރިހަމަވެފައި ނުވިނަމަވެސް އެއީ މިހާރު ހެދިފައިވާ މޮޑެލެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ފަޅުމަތީގައި ގެ އަޅައިގެން އުޅޭ ވާހަކަ މީގެ ކުރީން މަޖިލީހުގައި ދެއްކެވި ކަމަށާއި، އެކަމާގުޅިގެން ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަކީ ދޫކޮށްލަން ބޭނުންވާ ކަމެއް ނޫން ކަމަށާއި، އެކަމާއިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގެ ބިންހިއްކުމުގެ ބަދަލުގައި، ލޮނުގަނޑުމަތީގައި ގެދޮރު އަޅައިގެން ދިރިއުޅޭ ބަޔަކަށް ވުމުގެ ވިސްނުން ގެންގުޅެން އެބަޖެހޭކަމުގައި އަސްލަމް ވަނީ މިއަހަރުގެ ފެބްރުއަރީ މަހުވެސް މަޖިލީހުގައި ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top