”ދަނޑުވެރިކަމަށް ރަށްރަށް ދޫކުރަންވީ ކައިރީގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް.“

medium_45394.png

ކެންދޫ ދާއިރާގެ މެންބަރު އެމްޕީ އަލީ ހުސޭން.

 

ދަނޑުވެރިކަމަށް ރަށްތައް ދޫކުރަންވީ ކައިރީގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.

އެމްޕީ އަލީ މިހެން ވިދާޅުވެފައިވަނީ ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަން ކުރުމަށް ރާއްޖޭގެ 6 ފަޅުރަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަލީގެ ޓުވިޓްގައި ވިދާޅުވެފައިވަނީ ދަނޑުވެރިކަން ކުރަން ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކަށް ދިނުމުން ނަތީޖާ ރަނގަޅުވެފައި ރަށްރަށުގެ މީހުންނަށް އެރަށްރަށަށް ހިތްއުފާކޮށްލަންވެސް ދިއުމުގެ ފުރުސަތު ފަހިވެފައި އޮންނާނެ ކަމަށެވެ.

ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހަ ފަޅު ރަށެއް ކުއްޔަށް ދޫކުރުމަށް ބީލަމަށް ހުޅުވާލަން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމުމާއި ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ ރަނގަޅު ނިންމުމެއް ނޫންކަން މޭރުންވާ ފަދައަކުން ވާހަކަދައްކަވާފަ އެވެ.

ނަޝީދު ވިދާޅުވީ ދަނޑުވެރިކަމަށް ދިގު މުއްދަތައް ރާއްޖެއިން ރަށްތައް ދޫކުރަމުން އަންނަތާ 32 އަހަރުވެފައިވާ ކަމަށާއި ނަމަވެސް އޭގެއިން އެއްވެސް ރަށަކީ ވިޔަފާރީގެ ދެކޮޅު ޖެހޭ ރަށްތަކެއް ނޫންކަން މަޖިލީހުގެ މެމްބަރުންނަށް ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ބ.މާއްޑޫގެ އިތުރުން ފުރަތަމަ ބުރުގައި ދޫކުރާނީ ހއ. މަޑުލާއި ށ. ކަކާއެރިއަދޫ އާއި އެ އަތޮޅު ނެޔޮ އާއި ނ. ތޮޅެންދޫ އާއި ގދ. އޮއިނގިއްލާ އެވެ. މި ރަށްތަކުގެ ބީލަން ފޮތް ވިއްކަނީ މި މަހު 14 އިން ފެށިގެން އަންނަ މަހު ފަހަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top