ސަފާރީއެއް އަޑިއަށްގޮސް ކަނޑުވި އެކަކު މަރުވެއްޖެ!

viber-image-2021-09-26-13-24-38-014.jpg

ސަފާރީ ކަނޑު އަޑީގައި. --- ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއަށް މިހާރު ކުރަމުން މިސދާ ވިއްސާރައިގާ ބޮލިފުށި ކައިރިން މާލެއަށް ދަތުރުކުރަމުން އައި “ހޭންޑީ ގްރޫޒާ” ނަމަކަށް ކިޔާ ސަފާރީ އަޑިއަށްގޮސް އެއިން ދަތުރު ކުރި މީހުން ކަނޑުވެ އޭގެ ތެރެއިން އެކަކު މަރުވެއްޖެ އެެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ ބިދޭސީ އެކެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެ ސަފާރީ ދިޔަވެ، އަޑިއަށް ދިޔައީ މިއަދު ހެނދުނު 8:39 ހާއިރު ކ. ތިލަފުށީ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރަށެވެ. އޭރުގައި ފަޅުވެރިން ހިމެނޭ ގޮތަށް ޖުމުލަ 17 މީހުން ސަފާރީގައި ތިއްބެވެ.

ސަފާރީގައި ދަތުރު ކުރި އެންމެން ވެސް މިހާރު މާލެ ގެނެސްފައިވާ ކަމަށާ ހާދިސާގައި ހަތް މީހެއްގެ ހާލު ބޮޑުވެގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އެމީހުންނަށް އިމަޖެންސީގައި ފަރުވާ ދެމުން އަންނައިރު ހާލުވެސް ރަނގަޅު ނޫން ކަމަށް މައުލޫމާތުލިބެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ ސަފާރީ އަޑިއަށް ގޮސް އޭގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އޭގައި ހުރި ތަކެތި އޮޔާ ދަނީ އެ ސަރަހައްދުން އިރަށް ކަމަށް ހަނާ ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top