ގޮއިދޫގެ މަޝްހޫރު ފުޓްބޯޅަ ތަރި “ކިތުނާ” ގައުމީ ވޮލީ ޓީމަށް!

22141232_1968645426752454_2693863202110764187_n.jpg

އާދަމް ނިޒާމް (ކިތުނާ) ވޮލީ މެޗެއްގައި ކުޅެނީ. އޭނާ ވަނީ ގައުމީ ވޮލީ ޓީމްގެ ސްކޮޑަށް ނަގައިފައި / ފޮޓޯ: ފޭސްބުކް

ބ. ގޮއިދޫގެ މަޝްހޫރު ފުޓްބޯޅަ ތަރި އާދަމް ނިޒާމް (ކިތުނާ) ދިވެހިރާއްޖޭގެ ގައުމީ ވޮލީޓީމްގެ ސްކޮޑްގައި އަލަށް ހިމެނިއްޖެއެވެ.

ކިތުނާ އަކީ ގޮއިދޫ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކެޕްޓަނެވެ. ބ. އަތޮޅު ފުޓްބޯޅަ މުބާރާތްުގެ ތަށި ފަސް އަހަރުތެރޭގައި ތިން ފަހަރަށް އުފުލާލިއިރު ކިތުނާއަކީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.

ވޮލީގައި އޭނާ ވިދާލީ މިއަހަރުގެ އިންޓަ ރިސޯޓް ވޮލީ މުބާރާތުގައި ދެއްކި ކުޅުމާއެކުއެވެ.

ގައުމީ ވޮލީޓީމް އެކުލަވާލުމަށް އަލަށް ނެގި ސްކޮޑްގައި ކިތުނާ ހިމަނައި، އެކަން ރަސްމީކޮށް އޭނާއަށް އެންގީ އިއްޔެއެވެ. މިކަމާގުޅިގެން އީވީއާ ވާހަކަ ދައްކަމުން ކިތުނާ ބުނީ މިއީ އުއްމީދުކޮށްގެން ހުރި ފުރުސަތެއް ނޫންކަމަށާ، އެހެންނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގަދައަޅައި މަސައްކަތް ކުރާނެކަމަށެވެ.

“ފުޓްބޯޅަ ގައުމީ ޓީމަށް އެރޭތޯ ފެށުނީއްސުރެ މަސައްކަތް ކުރީ. އަންޑަ ނައިންޓީންގަ ކުޅުނިން އެކަމަކު ގައުމީ ސީނިއަރ ޓީމަކާ ހަމައަކަށް ނުދެވުނު. އެހެން ހުއްޓާ މިއަހަރު ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗްގައި ސޮނެވާ ޓީމްގައި ދެއްކި ކުޅުން ފެނިފަ ކަންނޭގެ މިފަހަރު ސްކޮޑްގައި ހިމެނުނީ. ވަރަށް އުފާވޭ މިކަހަލަ ޗާންސެއް ލިބުނީމާ. ވަރަށް މަސައްކަތް ކުރާނަން ފައިނަލް ސްކޮޑަށް އެރޭތޯ” ސޮނެވާފުށީ ރިސޯޓްގައި ވަޒީފާ އަދާކުރަމުން އަންނަ ކިތުނާ ބުންޏެވެ.

ކިތުނާ ބުނީ އޭނާ ވޮލީ ކުޅެންފެށި މީގެ ހައެއްކަ އަހަރުކުރިން ފެށިގެން ރިސޯޓް މުބާރާތުގައި އެކަނި ކަމަށެވެ. އަދި އެމުބާރާތުގައި ގަވާއިދުން މިދިޔަ އަހަރުތަކުގައި ކުޅެފައި ވާނެކަމަށްވެސް ކިތުނާ ބުންޏެވެ.

ބ. ގޮއިދުއަށް ނިސްބަތްވާ ކިތުނާ ، ގައުމީ ވޮލީ ޓީމުގެ ސްކޮޑުން ޖާގަހޯދިއިރު ވޮލީ ބޯޅައިގާ ގޮއިދޫން ވަނީ މިއަހަރު ގައުމީ 4 މުބާރާތަކާއި، އަތޮޅު ފެންވަރުގެ މުބާރާތެއް ހިމެނޭގޮތަށް 6 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. އޭގެ ތެރޭގައި އަންހެން އަދި ފިރިހެން އިންޓަރ ސްކޫލް ވޮލީ ޗެމްޕިއަން އަދި އިންޓަރ ސްކޫލް ބީޗް ވޮލީ ޗެމްޕިއަންކަން ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top