ފައިސާގެ ބޮޑެތި އިނާމުތަކާއެކު ރެޑްވޭވް އަހަރީ ބާޒާރު ފަށައިފި

big_cLEKkMw332RB5bz.jpg

"ރެޑްވޭވް " ގެ ފިހާރައެއްގައި އާއްމުންގެ ބަޔަކު ވިޔަފާރި ކުރަނީ

750000 ރުފިޔާ އާއެކު އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް ”ރެޑްވޭވް އަހަރީ ބާޒާރު” ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 31 ޖެނުއަރީ 2021 ގެ ނިޔަލަށެވެ. މިޕްރޮމޯޝަންގައި މާލެއާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވް ފިހާރަތަކުން ކަނޑައެޅިފައިވާ އައިޓަމްސް ތަކަކުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ތަފާތެއްގެ ގޮތުގައި ރެޑްވޭވް އިން ފާހަގަކުރީ ގިނަ ފަރާތްތަކަކަށް ފައިސާގެ އިނާމާއި އެކު އަގުބޮޑު އިނާމްތަކެއް ލިބިގެން ދިއުމެވެ.

ރެޑްވޭވްގެ އަހަރީ ޕްރޮމޯޝަންގެ ބޮޑު އިނާމުގައި ބައިވެރިވުމަށްޓަކައި 300 ރުފިޔާއިން މަތީން ވިޔަފާރި ކުރަން ޖެހޭނެއެވެ. އެގޮތުން 300 ރުފިޔާއިން މަތީ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި އެއްވަނައަށް ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް ކަމަށް ރެޑްވޭވް އިން ބުނެއެވެ.

އޭގެއިތުރުން ގުރުއަތުން ހޮވޭ 10 ފަރާތަކަށް 5،000 ރުފިޔާ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް ރެޑްވޭވް އިން ވަނީ ބުނެފައެވެ.

އަހަރީ ބާޒާރުގެ ތެރެއިން ޝާޕް ބްރޭންޑްގެ އޭސީ އާއި އޭސީ އިންސްޓޮލޭޝަނަށް ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށްވެސް ރެޑްވޭވް އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top