ގެއްލިގެން ހޯދަމުން ދިޔަ މާޅޮހު މުއާޒު ގެއަށް އަތުވެއްޖެ

b_5fq6maM895oWV0TjxlsQ907PX.jpg

މުއާޒް---ފޮޓޯ :ޕޮލިސް

މާލޭގައި ދިރިއުޅޭ ބ.މާޅޮހު ކީސްފިލާ ޢަބްދުﷲ މުޢާޒު (30އ) ގެއްލިފައިވާ ކަމަށް ފުލުހުން އިއުލާނު ކުރިތާ އިރުކޮޅެއް ފަހުން އޭނާ އަމިއްލައަށް ގެއަށް އައިސްފައިވާކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފިއެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެންނެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން ޢަބްދުﷲ މުޢާޒު ހޯދުމަށް އިއްޔެ ހަވީރުން ފެށިގެން ރޭ 23:00 ހާއިރު ވަންދެން ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވުމުން ފުލުހުން ވަނީ އޭނާ ހޯދަން ރޭ އިއުލާން ކޮށްފައެވެ.

ފުލުހުން ބުނީ، އޭނާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top