ރިސޯޓުތަކުގެ މެދުގައި ކުޅެވުނު ވޮލީބޯޯޅަ މުބާރާތް ކަމަށްވާ އާލާ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލް މެޗަށް ދުސިތު ހާޒިރުނުވުމުން، ސޮނެވާފުއްޓަށް ޗެމްޕިއަންކަން ލިބިއްޖެއެވެ. މި ޒޯނުގެ ފައިނަލް މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި އޮތީ ސޮނެވާފުއްޓާއއި ދުސިތެވެ.
ސޮނެވާފުށީގައި ކުރިއަށްދިޔަ ޒޯން ފަހެއްގައި ވާދަކުރީ ސޮނެވާފުށީގެ އިތުރުން ދުސިތު ތާނީ އާއި ވައްކަރު މޯލްޑިވްސް އެވެ.
މި ޒޯން ހުޅުވި މެޗުގައިވެސް ބައްދަލުކުރީ ސޮނެވާފުއްޓާއި ދުސިތެވެ. އެ މެޗުން ސޮނެވާފުށި ވަނީ ދުސިތުގެ މައްޗަށް ސީދާ 3 ސެޓުން ކުރިހޯދާފައެވެ. މެޗުގެ ސެޓުތައް ސޮނެވާފުށިން ގެންދިޔައީ 25-16، 25-19، އަދި 25-17 އިންނެވެ.
އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ހަތަރު ޒޯނެއްގެ ކުޅުން މިހާރު ވަނީ ނިމިފައެވެ. މިހާރު ނުނިމިއޮތް ހަމައެކަނި ޒޯނަކޫ ޑަބްލިއު މޯލްޑިވްސްގައި ކުރިއަށްދާ ޒޯން ހަތަރެކެވެ. ޒޯން ހަތަރެއްގެ ފައިނަލް މެޗު ކުޅޭނީ މާދަމާއެވެ.
ޒޯން ފަހެއްގެ ޑްރީމް ޓީމް
ބެސްޓް އައުޓް ސައިޑް އެޓޭކަ: އަކްރަމް (ސޮނެވާފުށި)
ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަ: އަލީ ވިސާހު (ވައްކަރު)
ބެސްޓް މިޑްލް ޕްލޭޔަ: ހުސައިން މުޚުތާރު (ސޮނެވާފުށި)
ބެސްޓް މިޑްލް ބްކޮކަރު: ހުސައިން މުޚުތާރު (ސޮނެވާފުށި)
ބެސްޓް މިޑްލް ބްކޮކަރު: ސާވަރު (ވައްކަރު)
ބެސްޓް ސެޓަރު: މުއާޒު (ސޮނެވާފުށި)
ބެސްޓް އޮޕަސިޓް ޕްލޭޔަރު: އަހްމަދު އަލީ (ސޮނެވާފުށި)
ބެސްޓް ލިބަރޯ ޕްލޭޔަރު: އާދަމް ނިޒާމް (ސޮނެވާފުށި)
އެންމެ އުއްމީދީ ކުޅުންތެރިޔާ: ސުމެދާ (ސޮނެވާފުށި)
މި ޒޯންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ސޮނެވާފުށީ ޓީމުގެ ކޯޗު ސަތޯ އެވެ.