ކުޑަކުދިންނަށް ދޭ ދެ ބޭހެއްގައި ނުރައްކާތެރި މާއްދާއެއް!

large_167352732643guil.jpg

ކުޑަ ކުދިންނަށް ބޯން ދޭ ދެ ބޭހެއްގައި ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ އެކަމަށް ސަމާލުވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިއަދު އަންގަވައިފި އެވެ.

އެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޔޫރަޕިއަން ރީޖަންގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، “ޑައިތުލީން ގްލައިކޯލް” އާއި “އެތުލީން ގްލައިކޯލް” ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާކަމަށެވެ.

މި ދެ ބޭހަކީ ރާއްޖެ އެތެރެ ކުރުމަށް ހުއްދަ ދީފައިވާ ބޭސްތަކެއް ނޫނެވެ. ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސްތައް އިމްޕޯޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ ކަން ބަޔާނުގައި ފާހަގަ ކުރިއެވެ.

އެ ދެ ބޭހާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން އެލާޓް ނެރުނީ އެ ދެ ބޭސް ބުއި އުޒްބަކިސްތާން ކުދިން ތަކެއް މަރުވުމުންނެވެ. މެރިއޯން ބަޔޯޓެކް ކިޔާ ކުންފުނިން މިހާރު ވަނީ އެ ދެ ބޭސް އުފެއްދުން ހުއްޓާލައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top